twitterviber whatsapp telegramfacebookyoutube instagram
23rd May 2026

ނިއުދިއްލީގަ އޮންނަ ސައިކްލިންގ ޓްރެއިނިންގ ކޭމްޕެއްގައި ރާއްޖޭގެ ތިން ދަރިވަރަކު ބައިވެރިވަނީ

Nov 12, 2022

އިންޑިއާގެ ނިއުދިއްލީގައި އޮންނަ ސައިކްލިންގ ޓްރެއިނިންގ ކޭމްޕެއްގައި ބައިވެރިވާން ރާއްޖޭގެ ތިން ދަރިވަރަކު ނިއުދިއްލީއަށް މާދަމާ ފުރާގޮތަށް ހަމަޖައްސައިފިއެވެ.

މިއީ އޭޝިއަން ސައިކްލިން ކޮންފެޑެރޭޝަނާއި ޔޫސީއައި އިން މިމަހުގެ 12ން 28 އަށް އިންޑިޔާގެ ނިއުދިއްލީގައި ކުރިއަށް ގެންދާ ސައިކްލިންގ ޓްރެއިނިންގ ކޭމްޕެކެވެ. މި ކޭމްޕްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސީއެޗްސްއީގެ މުހައްމަދު ސައިފްޝާން އަބްދުﷲ އާއި އަހުމަދު އަތީކު އާމިރުގެ އިތުރުން ޣާޒީ ސްކޫލްގެ ދަރިވަރު މާކިން ޔޫސުފު އޯލާ ގާމޭޖްއެވެ. މިއީ މިފަދަ ކޭމްޕެއްގައި ރާއްޖޭގެ ފަރާތުން ދުއްވުންތެރިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ބައިކް މޯލްޑިވްސްއިން ބުނީ މި ޓްރެއިނިންގ ކޭމްޕް އިތުރުން ދެ ކޯޗުން، ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާނެ ކަމަށެވެ. ތަމްރީނުވާ ދެ ކޯޗުން ނަކީ އިބްރާހިމް ތަޢުއުފީގާއި މުހައްމަދު މައުރޫފެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ޔޫނިއަން ސައިކްލިންގ އިންޓަރނޭޝަނަލް ކޯޗިންގ ކޯސް މިދިޔަ އަހަރު ފުރިހަމަ ކުރީ، އެ އެސޯސިއޭޝަންގެ ސެކެރެޓަރީ ޖެނެރަލް އަސްމާ ހަސަންއާއި މެމްބަރު، މުހައްމަދު ޝާކިރެވެ.

ބައިކް މޯލްޑިވްސްއިން ބުނީ މިއީ، ޔޫސީއައިގެ މެމްބަރަކަށް ވާތީ އެފަރާތުން ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355