twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުމުންދޫގެ އައުޓްޑޯ ޖިމް ހުޅުވައިފި

ޚަދީޖާ އާދަމް
Dec 16, 2021

ހދ ކުމުންދޫގެ އައުޓްޑޯ ޖިމް ގާއިމްކޮށް އާންމުނަށް ބޭނުންކުރެވޭނެހެން ހުޅުވާލުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޖިމް ބޭނުން ކުރުމަށް ހުޅުވާލާފައިވާކަމަށެވެ.

ކައުންސިލުން ވަނީ ޖިމް ބޭނުންކުރާއިރު ބައެއް ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުދިންނާއި 65 އަހަރުން މަތީގެ މީހުން ޖިމް ބޭނުން ކުރާއިރު ބެލެނިވެރިއެއްގެ އެހީ ހޯދުމަށާއި، ޖިމް ބޭނުންކުރުމުގައި ކަމާބެހޭ ފަރާތްތަކުހެ އިރުޝާދު ހޯދާ، ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އިލްތިމާސްކޮފައި ވެއެވެ.

އަދި ޖިމް ބޭނުންކުރާ މިހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އާލާތްތަކަށް ރައްކާތެރިވުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ. އަދި އެތަނުގެ ތަކެއްޗަށާއި ގަސްތަކަށް ގަސްތުގައި ގެއްލުން ދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅޭކަންވެސް ކައުންސިލުން ނެރުނު އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގެ ރަށްތަކުގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކަކީ އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ގާއިމްކުރަމުން ގެންދާ ޖިމްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355