twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އުރީދޫގެ 2022 ވަނަ އަހަރު ކަލަންޑަރުގައި ކަނޑުގެ ރީތި ދިރުންތައް!

ނަބީލާ އިސްމާޢީލް
Dec 18, 2021

ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2022 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން އިފްތިތާހުކޮށްފިއެވެ.

މަގޭ ރާއްޖެ ކަލަންޑަރު ލޯންޗުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއެވެ. މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ވަރަށް ބޮޑަށް ގުޅުވައިގެންނެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށްވާއިރު، މިކަން ކަލަންޑަރުން ވަރަށް ބޮޑަށް ދައްކުވައިދެއެވެ. "ސްނެޕްޗެޓް" އެޕް ބޭނުންކޮށްގެން ކަލަންޑަރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެތައް މަންޒަރެއް ފެންނާނެއެވެ.

އުރީދޫގައި ބޭއްވި ރަސްމިއްޔާތުގައި، އަންނަ އަހަރަށް އެކުންފުނިން ތައްޔާރުކޮށްފައިވާ ކަލަންޑަރު ވަނީ ދައްކާލައިފަ އެވެ. މިކަލަންޑަރު ހެދީ ޕަބްލިސިޓީ ބިއުރޯ އާއި އުރީދޫން ގުޅިގެންނެވެ.

އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރާއިރު މިކަމުގައި ކޮންމެވެސް ގޮތަކުން ބައިވެރިވެވޭތީ އުފާކުރައްވާކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު މަންޒިލެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް އެކި ކަންކަމަށް އެހީވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގައިވެސް ބައިވެރިވެފައިވާނެ ކަމަށް ނަޖީބް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރުކޮށްފައިވާނީ އެއިން ރާއްޖޭގެ ރީތިކަން ވަރަށް ބޮޑަށް ދައްކުވައިދޭނެފަދަ ގޮތަކަށް ކަމަށް ނަޖީބް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، އުރީދޫއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް، އަދި ފަތުރުވެރިކަމުގެ ރިކަވަރީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެމުން އަންނަ ކުންފުންޏެއް ކަމަށެވެ. ފަތުރުވެރިކަމުގެ ރަން އަހަރާ ދިމާކޮށް ލޯންޗުކުރެވިފައިވާ މި ކަލަންޑަރުންވެސް އުރީދޫގެ ހިއްސާ ދައްކުވައިދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު، އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު - މަގޭ ރާއްޖެ ޑިޒައިން ކުރެވިފައިވަނީ މި ހަފްލާއާއި ގުޅުވާލާ ރާއްޖޭގެ ރީތިކަމާއި ތަފާތު ދިރުންތައް ކުރިއެރުވުމަށެވެ. ރާއްޖޭގެ މި ނާޒުކު ދިރުންތަކުން ލިބިދޭ އިގްތިސޯދީ އަދި އިކޮލޮޖިކަލް މަންފާ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދިނުމަށް ރާއްޖޭގެ ނާޒުކު މާހައުލު ހިމާޔަތްކުރުމަށް މުޖުތަމައުތައް އިތުރަށް ހޭލުންތެރިކޮށް ދެމެހެއްޓެނިވި އާދަތައް އެކަށުމަކީ މުހިންމުކަމެއްކަމުގައިވެސް އެ ކުފުންނިންވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355