twitterviber whatsapp telegramfacebookyoutube instagram
7th April 2026

ކަރާޗީގެ ބެންކެއްގައި ބާރުގަދަ އެއްޗެއް ގޮވައި 14 މީހުން މަރުވެއްޖެ

ނަބީލާ އިސްމާޢީލް
Dec 19, 2021

ޕާކިސްތާނުގެ ކަރާޗީގައި ހުރި ބޭންކެއްގައި ބާރުގަދަ އެއްޗެއް ގޮވުމާއި ގުޅިގެން 14 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެފިއެވެ.

ޕޮލިހުން ބުނީ ގޭސް ބޮމެއް ގޮވައި އިމާރާތުގެ ފާރުތަކާއި ފުރާޅު ވެސް ބުރައިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުނުވާ ކަމަށެވެ.

ގޮވަންޖެހުނު ސަބަބު އަދި ސާފު ނުވާކަމަށާއި ސަބަބު ދެނެގަތުމަށް މަސައްކަތްކުރާކަމަށް އޮފިސަރ ވިދާޅުވިއެވެ. ގޮވުމާއި ގުޅިގެން ހަބީބް ބޭންކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިމާރާތަށް ގެއްލުންލިބިފައިވާ ކަމަށާއި އަދި މީހުން މަރުވެފައިވާކަމަށެވެ.

ގޭސް ބޮން ގޮވި ހިސާބުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ. ބިއްލޫރިތައް ތަޅައިގެން ގޮސް ލުއި ވެހިކަލްތައް ބިމުން ކެހިގެން ގޮސްފައި ވެސް ވެ އެވެ.

ޕޮލިހުންގެ ސީނިއަރ އެހެން އޮފިސަރަކު ވިދާޅުވެފައިވާ ގޮތުގައި މިހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ސީދާ އަދަދު އަދި ނޭނގެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355