twitterviber whatsapp telegramfacebookyoutube instagram
26th August 2026

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީއާ ގުޅޭ ހިދުމަތްތައް އޮންލައިންކޮށް ދެނީ

މުޙައްމަދު އަހުމަދު
Dec 19, 2021

ވިޔަފާރި ރަޖިސްޓަރީއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ދޭން އެމިނިސްޓްރީން ނިންމަައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރާގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެމިނިސްޓްރީން ދެމުން ގެންދާ ވިޔަފާރި ރަޖިސްޓަރީއާ ބެހޭ ހުރިހާ ހިދުމަތެއް ދޭނީ އެމިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

ވިޔަފާރި ރަޖިސްޓަރީއާ ގުޅޭ ބައެއް ހިދުމަތްތައް މިހާރު ހޯދަން ޖެހެނީ ކަމާ ގުޅޭ ލިޔުންތަކާއެކު އިކޮނޮމިކް މިނިސްޓްރީ އަށް ހާޒިރުވެގެންކަމަށްވާއިރު މިކަން އޮންލައިންކޮށް ކުރެވެން ފެށުމާއެކު ގިނަ ބަޔަކަށް މީގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް ހާއްސަ ކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް މާދަމާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވެސް މިނިސްޓްރީން ނިންމާފައިވާކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

އެމިނިސްޓްރީން ދޭ ވިޔަފާރި ރަޖިސްޓަރީއާ ގުޅޭ ކަންކަމުގެ ތެރޭގައި ވިޔަފާރިއެއްގެ ގޮތުގައި ކުންފުނި ރަޖިސްޓްރީ ކޮށްދިނުމާއި، ކުންފުނީގެ ނަމާއި، ޓްރޭޑްމާކާއި، ލޯގޯ، ތައްގަނޑު ވަކިން ރަޖިސްޓްރީ ކޮށްދިނުން ވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355