twitterviber whatsapp telegramfacebookyoutube instagram
16th June 2025
ADVERTISEMENT

ޔުނިޓީ ރަން މި އަހަރުވެސް އޮންނާނެ، ބިބް ވިކެމުންދަނީ

ޚަދީޖާ އާދަމް
Dec 19, 2021

ކޮންމެ އަހަރެއްގެވެސް ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓް އިން ކުޅުދުއްފުށި ސިޓީގައި ބާއްވަމުން އަންނަ "ޔުނިޓީ ރަން" މި އަހަރުވެސް އޮންނާނެކަމަށް ރެޑް ކްރެސެންޓް އިން ހާމަކޮށްފިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ އިތުރުން ދިވެހި ރެޑް ކްރެސެންޓްގެ އެކި ހަރަކާތްތަކާއި ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންޑް ރެއިޒްކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތުގެ މުހިއްމުކަން އަންގައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި ދުވުން އޮންނާނީ މި މަހުގެ 26 ވާ އާދީއްތަ ދުވަހުގެ ހަވީރުއެވެ.

ދުވުމުގައި ބޭނުންކުރާ ބިބް ގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ބިބް ވިއްކަމުން ދަނީ އެކި އަގުތަކުގައެވެ. ބިބްތަކުގެ އަގުތަކާއި، ލިބެން ހުރި ބިބްތަކުގެ ލިސްޓު https://bit.ly/3ozbn4p މި ލިންކުން ފެންނާނެއެވެ.

އޮންލައިން ފޯމެއްގެ ޒަރީއާއިން މި އަހަރުގެ ޔުނިޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުބާލާފައިވާއިރު، މި އަހަރުގެ ދުވުން ވަނީ އެކި އުމުރުފުރާތަކަށް ބަހާލާފައެވެ. އެގޮތުން މި އަހަރުގެ ދުވުމުގެ ހިމެނޭ އުމުރުފުރާތަކަކީ:
- 12 އަހަރުން ދަށް
- 13 އަހަރާއި 18 އަހަރާ ދެމެދު
- 19 އަހަރާއި 39 އަހަރާ ދެމެދު
- 40 އަހަރުން މަތި

މިއިން ކޮންމެ އުމުރުފުރާއަކުންވެސް އަންހެން ފިރިހެން ވަކީން، އެންމެ އަވަހަށް ނިންމާ ތިން ދުވުންތެރިން ހޮވުމަށް ނިންމާފައިވާއިރު، އެންމެ ބޮޑު އަގުގައި ބިބް ބައްލަވައިގެންނެވި ފަރާތް ފާހަގަކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. https://bit.ly/3IGoGrY މި ލިންކު މެދުވެރިކޮށް ދުވުމުގައި ރަޖިސްޓްރީކުރެވޭނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com