twitterviber whatsapp telegramfacebookyoutube instagram
24th October 2025

ސިންގަޕޫރް އެއާލައިނުން ރާއްޖެއަށް ދަތުރު އިތުރުކުރަނީ

ޚަދީޖާ އާދަމް
Dec 19, 2021

ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ. ދަތުރުތައް އިތުރުކުރަން ނިންމާފައިވަނީ އަންނަ މަހު ދެވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމަށް އެ އެއާލައިނުން ނިންމާފައި މިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހިންނަށް ސިންގަޕޫރަށް ދެވޭ ގޮތަށް ހަމަޖައްސާފައި ވަނިކޮށެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވަލް ލޭނެއް (ވީޓީއެލް) ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމުންނެވެ. ވީޓީއެލްގެ ސަބަބުން އެޗްޕީއޭ އިން ދޫކޮށްފައިވާ ކޮވިޑް 19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށް ވެސް ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުން ނެގެޓިވް ޕީސީއާރް ކޮވިޑް 19 ޓެސްޓް ނަތީޖާއާއި އެކު ދަތުރުކުރެވޭނެ އެވެ.

އެ އެއާލައިނުން ރާއްޖެއަށް މިހާރު ދަތުރުތައް ކުރަނީ ހަފްތާ އަކު ހަތް ދަތުރެވެ. ނަމަވެސް ދަތުރުތައް އިތުރު ކުރުމަށްފަހު ރާއްޖެއަށް ހަފްތާ އަކު 10 ދަތުރުކުރުމަށް މިހާރު ނިންމާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355