twitterviber whatsapp telegramfacebookyoutube instagram
4th May 2024

ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް އިންޑޮނޭޝިޔާގެ އެހީ ހޯދަނީ

ޚަދީޖާ އާދަމް
Dec 20, 2021

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ހެލްތާއި ދެމެދު، "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވަރޗުއަލްކޮށް ބޭއްވި ރަަސްމިއްޔާތެއްގައި މިއެއްބްސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު ނަސީމެވެ. އަދި އިންޑޮނޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރ ބުޑީ ގުނާޑީ ސަޑިކިންއެވެ.

މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއަރ، ސެކަންޑަރީ ކެއަރ، ހެލްތު ރެޒިލިއެންސް، ހެލްތު ފިނޭންސިންގ، ހެލްތު ޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ހު ޅުވިގެންދާނެއެވެ.

އަދި މީގެ އިތުރުން ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355