twitterviber whatsapp telegramfacebookyoutube instagram
31st October 2026

ދައުލަތް ހިންގުމުގެ ހޭދާ އެންމެ ބޮޑީ އޮކްޓޯބަރު މަހު

ޚަދީޖާ އާދަމް
Dec 21, 2021

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗާ ނުވަތަ ހިންގުމުގެ ހޭދަ އެންމެ ބޮޑީ އޮކްޓޫބަރު މަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސްގެ ނޮވެމްބަރު ތަފާސް ހިސާބުތަކުގައިވާ ގޮތުން، މިދިޔަ އޮކްޓޫބަރު މަހު ރިކަރަންޓް ހޭދައިގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ހުރިހާ ހަރަދު ތަކެއް އެއްކޮށް ބަލާނަމަ އެ މަހު އެކަނި ހަތަރު ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި މި އަހަރު ދެވަނަ އަށް ރިކަރަންޓް ހޭދަ އެންމެ މަތިވެގެން ދިޔަ މަހަކީ އޯގަސްޓް މަހެވެ. އެ މަހު ދެ ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު ވެސް މިދިޔަ އޮކްޓޫބަރު މަހު 1.4 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293