ބޮލީވުޑްގެ ތަރިންގެ ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ހޯދުމަށް އަބަދުވެސް ޕަޕަރާޒީން ލޯއަޅައެވެ. މިހާތަނަށް ބޮލީވުޑްގެ ތަރިންގެ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކާކާތޯ ބަލަން ތަރިންނަށް ފާރަލުމަކީވެސް އެމީހުންގެ އާންމުކަމެކެވެ.
އެގޮތުން އެންމެ ފަހުން ޕަޕަރާޒީންގެ ޝިކާރައަކަށް ވީ އަރަމުން އަންނަ ތަރި ކިއާރާ އަދުވާނީ އެވެ. ހަބަރުތަކުން ބުނާގޮތުން ކިއާރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޝެރްޝާހްގެ ތަރި ސިދާތް މަލޯތްރާކަމަށެވެ. އެގޮތުން ދާދިފަހުން ބެންޑްރާގައި ހުންނަ ސިދާތުގެ ޕާލި ހިލްއިން ކިއާރާ ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން ކިއާރާ އެ ގެއަށް ވަދެ ނިކުމެ އުޅުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ދެ ތަރިން ކުރެ އެކަކުވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީންކޮށްދީ ފައެއް ނުވެއެވެ.
ހަބަރުތަކުން ބުނާގޮތުން މި ދެތަރިން ލޯބީގެ ގޮތުން ގުޅުނީ އެކުގައި ފެނުނު ފިލްމު ޝެރްޝާހްގެ ޝޫޓިންގެ ތެރެއިންނެވެ.