twitterviber whatsapp telegramfacebookyoutube instagram
16th September 2026

ކޯޓަށް ގެންދިއުމަށްފަހު ޖާބިރު ދޫކޮށްލައިފި

ނަބީލާ އިސްމާޢީލް
Dec 22, 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް އޭނާ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ ގދ. ތިނަދޫން ޖާބިރު ހައްޔަރުކުރުމަށް ފަހު އޭނާ ދޫކޮށްލީ އެ ރަށުގައި ހުންނެވި ނަމަވެސް އޮންލައިންކޮށް، ސިވިލް ކޯޓުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަން އެއްބަސްވެވަޑައިގެންނެވުމުން ކަމަށެވެ.

މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރުނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.

ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރަނީ ޖާބިރުގެ ކުންފުނި، ޔޮޓް ޓްއާސްއާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މައްސަލައެއްގައި މިހާތަނަށް ހައްޔަރުކުރި ފުރަތަމަ މެމްބަރެވެ.

ސިވިލް ކޯޓުން މިފަހަކުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ފަހުން އޭނާ ފުރުމުގެ ފުރުސަތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293