twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުތުރު ބަނދަރުގައި ޕެވީލިއަނެއް ތަރައްގީކުރަނީ

އަބްދުލް ވާހިދު ޙަސަން
Dec 23, 2021
5

ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުގައި ޕެވީލިއަން އެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ. ޕެވީލިއަން ތަރައްގީކުރަނީ ދަތުރުހިޔާގެ ދެ ފަރާތުގައި އެވެ.

އުތުރު ބަނދަރުގައި ހެދި ދަތުރުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް މޭޔަރު ވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފަ އެވެ.

ބުދަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ނިންމީ ދަތުރުހިޔާގެ ދެ ފަރާތުގައި ފިނިމައިޒާނަކަށްވާގޮތަށް ޕެވީލިއަން ތަރައްގީކުރުމަށެވެ. އެތަނުގެ ކޮންސެންޕް ޑިޒައިން ހެދީ ކައުންސިލް މެމްބަރު ރިލްވާން މުހައްމަދެވެ.

ރިލްވާންގެ ކޮންސެޕްޓް ޑްރޯވިންއާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރުމަށް ހުރިހާ މެމްބަރުގެ ވޯޓުން ވަނީ ފާސްވެފަ އެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިލްވާން ވިދާޅުވީ، ޕެވީލިއަން ޑިޒައިންކުރުމުގައި މޭޔަރުގެ ބޮޑު އެހީތެރިކަމެއް ލިބިގެންގޮސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އެތަނުގެ ފުރާޅު އެއްގޮތަށް ޑިޒައިންކޮށްފައިވަނީ ކުރިއަށްއޮތްތަނުގައި ސޯލާ ހަރުކުރަން ނިންމާފައިވާތީ ކަމަށެވެ. އަދި ޕެވީލިއަން ޑިޒައިންކުރަމުންދިޔައިރު ވަރަށް ބޮޑަށް ތިމާވެއްޓާ ރައްޓެހިވާނެ ގޮތަކަށް ވިސްނާފައިވާކަމަށާޢި އެގޮތުން ގަސް އިންދާނެ ވަކި ތަންތަން ކަނޑައަޅާފައި ހުންނާނެ ކަމަށެވެ.

ގަސްތައް އިންދުމަށް ހަމަޖެހިފައިވާނީ ވަކި ބާވަތެއްގެ ގަސް ވަކި ތަރުތީބަކުން ކަމަށްވެސް ރިލްވާން ވިދާޅުވި އެވެ. މުޅި ރަށް ޒީނަތްތެރިކޮށް ބޭއްވުމަކީ ކައުންސިލުން ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އެގޮތުން ކައުންސިލާއި ރައްޔިތުން ގުޅިގެން ގެވަޅުތައް ސާފުކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355