twitterviber whatsapp telegramfacebookyoutube instagram
19th May 2024

ޝައިޚް ހަސީނާއާއި ރައިސް ސޯލިހު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވައިފި

Dec 23, 2021

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް އިއްޔެ އެކަމަނާ މާލެ ވަޑައިގެން ރޭ ހުންނެވީ ރިސޯޓެއްގައެވެ. މިއަދު މާލެ ވަޑައިގަތުމާއި އެކު ރަސްމީ ފާލަން ސަރަހައްދުން ޙަސީނާއަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހުއެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުން ހިންގަވާފައި ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމު ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޝައިޚް ޙަސީނާގެ މި ދަތުރުފުޅުގައި ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ވެސް ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އާ ގުޅޭ ގޮތުން ވެވޭ އެއްބަސްވުމަކާއި ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރާ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ވެވޭ އެއްބަސްވުމެކެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން އާ ވެސް ބައްދަލުކުރައްވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355