twitterviber whatsapp telegramfacebookyoutube instagram
26th June 2026

ބާރަށް ދުއްވޭ މަގުތަކުގައި، ސީޓުބެލްޓް އެޅުން މަޖުބޫރުކޮށްފި

ނަބީލާ އިސްމާޢީލް
Dec 24, 2021

އަންނަ އަހަރުން ފެށިގެން 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރުން ފެށިގެން 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ވެސް ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.

އަދި އެ އެންގުމަށް ޖަނަވަރީ ފުރަތަމަ ދުވަހުން ފެށިގެން އަމަލު ކުރުމަށްވެސް އަންގާފައިވެއެވެ. އެ މިނިސްޓްރީން ވަނީ ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ މީހުން އެ އެންގުމަށް ތަބާވުމަށްވެސް އިލްތިމާސްކޮށްފައެވެ.

ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ސީޓްބެލްޓް އެޅުން މަޖުބޫރުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355