twitterviber whatsapp telegramfacebookyoutube instagram
29th August 2026

ސްޓޯރޭޖް ފުލްވެ މިފްކޯއިން މަސްގަތުން ކޮންޓްރޯލްކޮށްފި

ޚަދީޖާ އާދަމް
Dec 25, 2021

މިދުވަސްވަރު މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި މިފްކޯގެ ކޯލްޑް ސްޓޯރޭޖު ފުރިގެން، ކެރިއާ ބޯޓުތައް ގެނެސް މަސް ލޯޑުކޮށް އެކްސްޕޯޓު ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ބުނީ ދޯނިތަކުން މަސް ކިރުވާ ވަރު މިވަގުތަށް ލިމިޓް ކޮށްފައިވާކަމަށާއި މިހާރު ދޯންޏަކުން ކިރާނީ ފަސް ޓަނު މަސްކަމަށެވެ.

މިފްކޯއިން ބުނީ މި ދުވަސްވަރު ދޯނިތައް ކިއުގައި ތިބެން ޖެހޭ ވަގުތު ކުޑަކުރުމުގެ ގޮތުން ހުކުރު ދުވަހު ވެސް މަސް ކިރަމުން އަންނަ ކަމަށެވެ. އެގޮތުން މިފްކޯއިން މިދިޔަ ހަތަރު ހަފްތާގައި ވެސް ހުކުދު ދުވަހު މަސް ކިރުވި އެވެ.

އެއް ސަރަހައްދަކަށް އެކި އަތޮޅުތަކުން ދޯނިތައް އައިސް މަސްބާނައި، މަސް ކިރުވަން ޖެހިފައި ވާތީ އެކަމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރު މަސް ކިރުވުމުގައި ބޮޑެތި އުނދަގޫތައް ކުރިމަތިވެ އެވެ. މިގޮތަށް މަސް ކިރުވާ ވަރު ކޮންޓްރޯލް ކުރާތީ މަސްވެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރު މިފްކޯއިން 49،000 ޓަނުގެ މަސް ގަނެފައިވެ އެވެ. މިއަހަރުގެ މިހާތަނަށް 56،000 ޓަނުގެ މަސް ވަނީ ގަނެފަ އެވެ. މިމަހުގެ މިހާތަނަށް 8،000 ޓަނުގެ މަސް ވަނީ ގަނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355