twitterviber whatsapp telegramfacebookyoutube instagram
5th April 2026

ބީއެމްއެލް ކިޑްސް ރަންއިން އެމްއޭޕީޑީއަށް އެއް ލައްކަ ރުފިޔާ

ޚަދީޖާ އާދަމް
Dec 25, 2021

ބީއެމްއެލް އަދި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި އަހަރު ބޭއްވި "ބީއެމްއެލް ވައު ކިޑްޒަ ރަން" އިން އެއް ލައްކަ ރުފިޔާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ފާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް ދީފި އެވެ.

އެ ފައިސާ އެމްއޭޕީޑީ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސައީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު އެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ކުދިން މި އަހަރު ބައިވެރިވި ކަމަށް ބީއެމްއެލްއިން ބުނެ އެވެ. ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި ދެ ކިލޯމީޓަރާއި ތިން ކިލޯ މީޓަރު އަދި ހަތަރު ކިލޯ މީޓަރގެ ދިގުމިނަނެވެ.

ބީއެމްއެލްއިން ބުނީ އެމްއޭޕީޑީ އިން އެ ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ ހެލްތީ ޕީޑަބްލިއުޑްސް ޕްރޮގްރާމް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355