twitterviber whatsapp telegramfacebookyoutube instagram
28th March 2026

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 24000އަށް އަރައިފި

މުޙައްމަދު އަހުމަދު
Dec 25, 2021

ކޮވިޑްގެ ތިންވަނަ ޑޯޒްގެ ގޮތުގައި ދެމުންގެންދާ ބޫސްޓާ ޑޯޒް 24000އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ތިންވަނަ ޑޯޒް އެޗްޕީއޭއިން ޖަހަން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޖަހަން ފަށާފައިވާއިރު އެންމެ ފުރަތަމަ މި ޑޯޒް ދިނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ.

އެހެންނަމަވެސް މި ވެކްސިން މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރަނީ ކޮވިޝީލްޑާއި، ސިނަފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ. އޭގެތެރެއިން ތިންވަނަ ޑޯޒްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިން އެކަންޏެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 24،201 މީހުންނެވެ. އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،570 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 366،892 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355