twitterviber whatsapp telegramfacebookyoutube instagram
19th December 2025

އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ބްރާންޗުތައް ބަންދުވާނެ

ނަބީލާ އިސްމާޢީލް
Dec 27, 2021

އަންނަ ބުރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް އަންނަ ބުރާސްފަތި ދުވަހު ބަންދު ކުރުމަށްފަހު ދެން ހުޅުވާނީ ޖެނުއަރީ 2 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރި ނަމަވެސް އެ މުއްދަތުގައި މޮބައިލް އަދި އިންޓަނެޓް ބޭންކިންއާ ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355