twitterviber whatsapp telegramfacebookyoutube instagram
5th April 2026

މޫލީގެ އަހަރު ނިމޭ ސޭލްއިން ބޮޑެތި ޑިސްކައުންޓްތަކެއް

ޚަދީޖާ އާދަމް
Dec 27, 2021

އުރީދޫގެ މޫލީ ވެބްސައިޓުން އަހަރީ ބަންދާ ދިމާކޮށް "އިޔާ އެންޑް ސޭލް 2021" ފަށައިފި އެވެ. މި ސޭލްއަށް ހާއްސަ ސެކްޝަނެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި މިހާރު ވަނީ ހިމަނާފަ އެވެ.

އުރީދޫން ބުނީ މޫލީގެ އަހަރު ނިމޭ ސޭލްގައި އެ ޕްލެޓްފޯމުން ވިއްކާ ތަކެތިން 40 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްމާޓް ފޯނާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. މޫލީގެ އަހަރު ނިމޭ ސޭލް އިން ތަކެތި ގަތުމަށް އުރީދޫ އެޕް ނުވަތަ މޫލީ ވެބް މެދުވެރިކޮށް ފިހާރައަށް ޒިޔާރަތްކުރެވޭނެ އެވެ.

އުރީދޫން ބުނީ މި ސޭލަށް ކޮންމެ ނެޓްވޯކަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކުރެވޭނެ ކަމަށެވެ. މޫލީއިން މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355