twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދިޝާ އަސްލުވާން ބޭނުންވީ ޕައިލެޓަކަށް، އެކްޓަރަކަށް ނޫން

މުޙައްމަދު އަހުމަދު
Dec 29, 2021

މިވަގުތު މަސައްކަތްކުރަމުންދާ ދާއިރާކަމަށްވާ އެކްޓިންއިން ކުރިއަށްދިއުމަކީ ދުވަހަކުވެސް އޭނާ ބޭނުންވި ކަމެއް އަދި ހުވަފެނެއްވެސް ނޫންކަމަށް މަޝްހޫރު ބޮލީވުޑް އެކްޓްރެސް ދިޝާ ޕަޓާނީ ބުނެފި އެވެ.

އިންޓަވިއުއެއްގައި ދިޝާ ބުނިގޮތުން އޭނާ ވާން ބޭނުންވީ އިންޑިއަން އެއާ ފޯސްގެ ޕައިލެޓަކަށް ކަމަށެވެ. އަދި އިންޖިނިއަރުކަން ކިޔެވުމަށް ފަހު މޮޑެލްއަކަށްވީ ގޮތް އޭނާ މިވަނީ ކިޔާދީފަ އެވެ.

ދިޝާ ޕަޓާނީ ފިލްމް އިންޑަސްޓްރީއަށް ތައާރަފްވީ ޓެލޫގޫ ފިލްމް ލޯފަރ (2015) އިންނެވެ. އަދި ބޮލީވުޑަށް ތައާރަފްވީ ކުޅިވަރު ޝަހުސިއްޔަތަކަށް ބިނާކޮށް އުފެއްދި ފިލްމް އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ (2016) އިންނެވެ.

އޭނާ ވަނީ ބާގީ 2 (2018)، ބާރަތް (2019) އަދި މަލަންގް (2020)އާއި ކުންގު ފޫ ޔޯގާ (2017)އިން ވެސް ދިޝާ ފެނިގެން ގޮސްފައިވެ އެވެ.

ބާޒާރު އިންޑިއާއަށް ދިން އިންޓަވިއުގައި ދިޝާ ބުނީ ހެއްވާކަމަކީ އެކްޓަރަކަށްވުން އެއީ އަހަރެން ދުވަހަކުވެސް ދުށް ހުވަފެނެއް ނޫން ކަމަށެވެ.

"އަހަރެންވާން ބޭނުންވީ އެއާ ފޯސް ޕައިލެޓަކަށް އަދި އެކަމަށްޓަކައި ލަކްނަވްގެ ކޮލެޖަކުން އިންޖިނިއަރިން ހާސިލްކުރަމުން ދިޔައިން" ދިޝާ ބުންޏެވެ.

ދިޝާ ބުނީ އެއްދުވަހަކު އޭނާގެ ރައްޓެއްސަކު އައިސް މޮޅުވާ މީހުން މުމްބާއީއަށް ގެންދާ މޮޑެލިންގ ކޮންޓެސްޓެއްގެ ވާހަކަ ކިޔައިދިނެވެ. ކޮންމެ މީހަކު ވެސް މުމްބާއީއަށް ދާން ބޭނުންވާނެކަމަށާއި އެހެންވެގެން އެއަށް ކުރިމަތިލާ 2013 ވަނަ މޮޅުވީ ކަމަށް ދިޝާ ބުންޏެވެ.

އެހިސާބުން އޭޖެންސީއެއްގެ ލޮލުގައި އޭނާ އަޅައިގަތްކަމަށާއި އެހެންނަމަވެސް މޮޑެލްކުރަމުން ކޮލެޖުގެ މިނިމަމް އެޓެންޑެންސް ވެސް ފުރިހަމަ ނުކުރެވުމުން ނިންމީ އިންޖިނިއަރިންގ ދޫކޮށްލާ މިދާއިރާއިން ކުރިއަށްދާން ކަމަށެވެ. އެގޮތަށް ކަންތައް ކުރެވުމުން މާ ބޮޑަށް އިންޑިޕެންޑެންޓްވެ އަމިއްލައަށް ރުފިޔާ ހޯދަން ފެށުން ކަމަށާއި އާއިލާއަށް ބަރޯސާވާން ނުޖެހުން ކަމަށް ދިޝާ ބުންޏެވެ.

ކުރިއަށް ދިޝާ ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި އެކްތާ ކަޕޫރުގއ ކޭޓީނާ އާއި އެކް ވިލޭން ރިޓާންސް ހިމެނެ އެވެ. އެކް ވިލޭން ރިޓާންސްގައި ޖޯން އަބްރަހަމް، ތާރާ ސުޓާރިއާ އަދި އަރުޖުން ކަޕޫރު ލީޑު ރޯލުން ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355