twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަނީ، އޭސީޓީ ޓަވާ ސިމިއުލޭޓާ ހުޅުވައިފި

މުޙައްމަދު އަހުމަދު
Dec 29, 2021

ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތަކާއެކު އޭސީޓީ ޓަވާ ސިމިއުލޭޓާ އިއްޔެ ހުޅުވައިފި އެވެ.

އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ ވަނީ މި ސިމިއުލޭޓާ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯހާ ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ސިމިއުލޭޓަރެއް ގާއިމު ކުރުމުކީ މުޅި އެއާޕޯޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ކުރަން މީގެކުރިން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެދާއިރާއިން މީހުން ތަމްރީން ކުރަން ކުރިން އެތައް މިލިއަން ރުފިޔާއެއް ހަރަދުވާކަން ފާހަގަކުރައްވާ ތޯހާ ވިދާޅުވީ މި އިންވެސްޓްމެންޓާ އެކު ކުރިއަށް އޮތް ތަނުގައި ވަރަށް ކުޑަކުޑަ ފައިސާ ކޮޅަކުން ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

ކުރިމަގަށް އަމާޒުކޮށް އާ އެއާޕޯޓުތައް ހުޅުވަމުންދާ ވަރަކަށް އެ ދާއިރާއިން އިތުރު މީހުން ބޭނުންވާނެ ކަމަށް އެމްއޭސީއެލުން ބުނިއިރު މި ވަގުތު ވެސް އެކުންފުންޏަށް އެއާ ޓްރެފިކްގެ ދާއިރާއިން 22 ވަރަކަށް އިތުރު މުވައްޒަފުން ބޭނުންވެ އެވެ.

މި ސިމިއުލޭޓަރުން ދެން ރާއްޖޭގައި ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެކަން ފާހަގަކުރައްވާ ތޯހާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޓްރެއިނަރުން ވެސް މި ދާއިރާ އިން ތަމްރީނު ކުރާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ މައިކްރޯނޭވުން އުފައްދާފައިވާ މި ސިމިއުލޭޓާ ގާއިމުކުރަން ފެށީ 2019 ވަނަ އަހަރު ކަމަށްވާއިރު އެތަނަށް 4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށްވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355