twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކުއަންޓަމުން ބޭއްވި 3 އޮން 3 ބާސްކެޓް ޗެލެންޖް ނިންމާލައިފި

މުޙައްމަދު އަހުމަދު
Dec 30, 2021

ކުއަންޓަމްއާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގުޅިގެން ބޭއްވި 3 އޮން 3 ބާސްކެޓް ޗެލެންޖް ރޭ ނިންމާލައިފި އެވެ. މިއީ ކުއަންޓަމުން ބޭއްވި 2 ވަނަ ބާސްކެޓް މުބާރާތެވެ.

މިފަހަރުގެމުބާރާތް ކުރިއަށް ގެންދިޔައީ 2 ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. އެއީ ވިމެންސް އޯޕަންސް އަދި 17 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ އެވެ. ކުރިން 17 އަހަރުން ދަށުގެ އަންހެން ކެޓަގަރީ ވެސް ބާއްވަން ހިމެނި އެވެ. އެހެންނަމަވެސް އެންމެ ޓީމަކުން ބައިވެރިވުމުގެ ސަބަބުން އެޓީމު ވާދަކުރީ ވިމެންސް އޯޕަންސް ކެޓަގަރީގަ އެވެ.

މިމަހުގެ 28 އަދި 29 ދެދުވަހު ކުރިއަށްދިޔަ މިމުބާރާތް ރާވާ ހިންގީ ކުޅުދުއްފުށީ ބާސްކެޓްބޯޅަ ފެމެލީގެ ކުޅުންތެރިންނެވެ. ކުއަންޓަމުން ހާމަކުރާގޮތުގައި މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ލައިސަންސްޑް ރެފްރީ މުހައްމަދު ފައިސަލްގެ ވަރަށް ބޮޑު އެހީތެރިކަމެއް މިމުބާރާތަށް ލިބިގެންދިޔަ އެވެ.

މިމުބާރާތުގައި ފިރިހެން 6 ޓީމާ އަންހެން 4 ޓީމާއެކު ޖުމްލަ 10 ޓީމެއް ވާދަކުރި އެވެ. ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމާ ރަނަރަޕް ޓީމް ހޮވިއިރު ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ޓްރޮފީއަކާއި ރަން މެޑަލް އަދި ރެޑްވޭވާއި ކުއަންޓަމްގެ ފަރާތުން ގިފްޓް ޕެކެއް ދީފައިވެ އެވެ. އަދި ޓީމަށް ވާދައިގެ ތައްޓެއް ވެސް ދީފައިވެ އެވެ.

ރަނަރަޕް ޓީމަށް ވާދައިގެ ތަށީގެ އިތުރުން މެޑަލް އަދި ގިފްޓް ޕެކް ދީފައިވެ އެވެ. އަދި ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު 3 ކުޅުންތެރިން ހޮވާ އެކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް އަދި ގިފްޓް ޕެކް ދީފައިވެ އެވެ.

ކުއަންޓަމުން ބުނިގޮތުގައި މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ބާސްކެޓް ކުރިއަރުވާ ބާސްކެޓް ކުޅުންތެރިންނަށް ކުޅެވޭނެ ވާދަވެރި މާހައުލެއް އުފައްދައިދިނުމެވެ. އަދި ޒުވާން ކުޅުންތެރިން ބާސްކެޓަށް ނެރުމެވެ.

މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު އާތިފް އަދި އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355