twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ ސިރިންޖް ލިބޭނެ ދުވަހެއް އަދި ނޭނގެ: އެޗްއީއޯސީ

ނަބީލާ އިސްމާޢީލް
Jan 3, 2022

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ބޭނުންވާ ފައިޒާ ވެކްސިން މީގެ ދެ ހަފްތާއެއް ކުރިން ލިބިފައިވީ ނަމަވެސް ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ޝިޕްމަންޓް ލިބޭނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ބޫސްޓަ ޑޯޒްގެ ގޮތުގައި ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން އިން ފައިޒާގެ 100،620 ޑޯޒް ރާއްޖެ އަށް ވަނީ ހަދިޔާކޮށްފަ އެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ހަމައެކަނި މި ވަގުތު ޖަހަމުން އަންނަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށެވެ.

އެޗްޕީއޭ އިން ކުރިން ބުނެފައި އޮތީ އިތުރު ކެޓަގަރީތަކުގެ މީހުންނަށް މިދިޔަ މަހުގެ މެދުތެރޭގައި ބޫސްޓަ ޑޯޒު ޖަހަން ފަށާނެ ކަމަށެވެ.

ނަމަވެސް އެ ތާރީހަށް ބޫސްޓާ ޑޯޒް ޖަހަން ނުފެށޭނެ ކަމަށް ބުނެ އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަށް ސިރިންޖް ލިބުމުގައި ދަތިވެފައި ވަނީ މުޅި ދުނިޔެއަށް ވެސް ސިރިންޖުގެ ދަތިކަން އޮތުމުން ކަމަށާއި ސިރިންޖް ލިބި އެހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ތާރީހެއް އިއުލާންކުރެވޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 367،450 މީހަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވެ އެވެ. އަދި މިހާތަނަށް ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 25،925 މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355