twitterviber whatsapp telegramfacebookyoutube instagram
18th June 2026

ނޮޅިވަރަމުން ސާމްޕަލެއް ޕޮޒިޓިވްވެ، 4 ގެޔެއް މޮނީޓަރިންނަށް

ޚަދީޖާ އާދަމް
Jan 6, 2022

ހދ ނޮޅިވަރަމުން ކޮވިޑް ސާމްޕަލެއް ޕޮޒިޓިވްވި 4 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ މާލެއިން ރަށައް މިމަހު 1 ވަނަ ދުވަހު ދަތުރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެއް ކަމަށެވެ.

ޑޮކްޓަރަށް ދެއްކީ އެއީ ދާއިމީ ބައްޔަ ބޭސްކުރާ ފަރާތަކަށް ވެފައި ބޭސް ސިޓީ އާ ކުރަން ކަމަށާއި ބަލީގެ އަލާމާތެއް ނެތް ނަމަވެސް ޓްރެވަލް ހިސްޓްރީ އޮތުމުން ޑޮކްޓަރުގެ ބޭނުން ވެގެން ސާމްޕަލް ނެގީ ކަމަށް ޝާފިއު ވިދާޅުވި އެވެ. މި ކޭސްއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތިގައި ފާހަގަވި 20 ފަރާތުގެ ސާމްޕަލް ނެގެޓިވްއެވެ.

ޝާފިއު ވިދާޅުވީ މި ދުވަސް އެރަށުގައި ރޯގާ ވަރަށް ބޮޑަށް ފެތުރިފައިވާކަމަށާއި ފާއިތުވި އެއްމަސް ތެރޭގައި ގިނަ ބަޔަކު ރޯގާގެ އަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355