twitterviber whatsapp telegramfacebookyoutube instagram
1st August 2026

ނޮޅިވަރަމުން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Jan 10, 2022

ހދ. ނޮޅިވަރަމުން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ކޭއޯއަށް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ މި މަހު 6 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވްވި ފަރާތާއި އެއްގެއްގައި ދިރިއުޅޭ 3 މީހުން ކަމަށެވެ.

މި މަހު 6 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވްވެފައިވަނީ މާލެއިން ރަށައް މިމަހު 1 ވަނަ ދުވަހު ދަތުރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެއް ކެވެ. އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން މި ތިން މީހުންވެސް ތިބީ ކަރަންޓީނުގައި ކަމަށާއި އެ ދުވަހު ނެގި ސާމްޕަލް ނެގެޓިވްކަމަށް ދެއްކި ކަމަށެވެ.

ނަމަވެސް ހުންއައިސް ރޯގާގެ އަލާމާތްތައް ހުރެގެން މިމަހު 8 ވަނަ ދުވަހު ނެގި ސާމްޕަލުން އެ 3 މީހުންވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 32 އަހަރުގެ އަންހެނަކާ، 36 އަހަރުގެ ފިރިހެނެއްގެ އިތުރުން އެންމެ 26 ދުވަހުގެ ތުއްތު ކުއްޖެކެވެ.

މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 5 ގެއެއް ވަނީ ކަރަންޓީން ކޮށްފަ އެވެ.

ޝާފިއު ވިދާޅުވީ މި ދުވަސް އެރަށުގައި ރޯގާ ވަރަށް ބޮޑަށް ފެތުރިފައިވާކަމަށާއި ފާއިތުވި އެއްމަސް ތެރޭގައި ގިނަ ބަޔަކު ރޯގާގެ އަލާމަތްތައް ހުރެގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355