twitterviber whatsapp telegramfacebookyoutube instagram
12th July 2026

ކުޅުދުއްފުއްޓާއެކު އިތުރު 3 ރަށެއްގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލްގެ ޑިޒައިނާއި ބީއޯކިއު ހޯދަން ޓެންޑަރަށް ލައިފި

Jan 10, 2022
2

ރާއްޖޭގެ 4 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރުމަށް ޑިޒައިނާއި ބީއޯކިއު ހޯދަން ޓެންޑަރަށް ލައިފިއެވެ.

މިއަދު ގެޒެޓްކޮށްފައިވަނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް، އދ. މަހިބަދޫ އަދި ކުޅުދުއްފުށީގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޓެންޑަރ އެވެ. އެ އިއުލާނުތަކުގައި ބުނެފައިވާގޮތުގައި ޓާޝިއަރީ މި ހޮސްޕިޓަލްތައް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖަނަވަރީ ބުދަ ދުވަހުގެ ހެނދުނު 12:00 ގައި އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދުގައި ތަރައްގީކުރާ ފަސް ޓާޝަރީ ހޮސްޕިޓަލުގެ ސަބަބުން އަތޮޅުތެރޭ ރައްޔިތުން ބޭސްފަރުވާއަށް ކުރަންޖެހޭ ހަރަދު ސަލާމަތްކުރެވި، އެ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355