twitterviber whatsapp telegramfacebookyoutube instagram
24th March 2026

ރެހެންދި އެވޯޑަށް ކުރިމަތި ލާން ހުޅުވާލައިފި

ޚަދީޖާ އާދަމް
Jan 12, 2022

އަންހެނުންގެ ގައުމީ ހިދުމަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވައިލައިފި އެވެ.

2014 ވަނަ އަހަރުން ފެށިގެން ދެމުން ދާ ރެހެންދި އެވޯޑަކީ އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ގައުމީ ތަރައްގީއަށް އަންހެނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ޖަމިއްޔާތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެވޯޑަށް ކުރިމަތިލާން އަމިއްލަ ނަން ނުވަތަ އެހެން މީހަކު ނޯމިނޭޓް ކުރަން ބޭނުންވާނަމަ އެމީހެއްގެ ނަން ވެސް ހުށަހެޅޭނެ އެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355