twitterviber whatsapp telegramfacebookyoutube instagram
24th October 2026

21 ދުވަސްތެރޭ އިހަވަންދޫން 100 ޕޮޒިޓިވް ކޭސް

ޚަދީޖާ އާދަމް
Jan 13, 2022
1

ހއ އިހަވަންދޫ އިން ކޮވިޑް ކޭސްއެއް ފެނުނުތާ 21 ދުވަސްތެރޭ އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 100 އަރައިފި އެވެ.މިވަގުތުވެސް އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 60 ވުރެ މަތީގައި އުޅޭއިރު މިދިޔަ ޑިސެންބަރު މަހު 31 ވަނަ ދުވަހު އެރަށް ވަނީ މޮނީޓާރިންގެ ހާލަތަށް ގެނެސްފައެވެ.

އެރަށުގައި ހުންނަ އައިމިނަދިޔޯ ހެލްތް ސެންޓަރުގެ މެނޭޖަރު އަލީ ސިފާޒް ވިދާޅުވީ ރަށުގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތް ކަމަށެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ ޑިސެންބަރު މަހު 23 ވަނަ ދުވަހުއެވެ. އެއީ ޕުލޫ އޯޕީޑީއަށް ދެއްކި ފަރާތެކެވެ.

ސިފާޒް ވިދާޅުވީ އެމީހާއަކީ ޓްރެވަލް ހިސްޓްރީއެއް އޮތްމީހެއް ކަމަށާއި ނަމަވެސް ފަހުން ޕޮޒިޓިވްވެފައިވަނީ ހަމައެކަނީ އެމީހާއާއި ގުޅުން ހުރި މީހުން ނޫންކަމަށެވެ.

ރަށުގައި މިވަގުތު 7 ނޫނީ 8 ކްލަސްޓާއެއް އެބައޮތް ކަމަށް ގަބޫލްކުރެވޭ ކަމަށް ސިފާޒް ވިދާޅުވި އެވެ. ކޭސްތައް ފެންނަން ފެށިފަހުން މިމަހު 2 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލްތަކުގެ ތެރެއިން 3 ސާމްޕަލްއެއް ޕޮޒިޓިވްވުމާ ގުޅިގެން ރަށުގައި އިތުރަށް ބަލި ފެތުރިދާނެ ކަމުގެ ބިރުއޮތްކަމަށް ސިއްހީ މަރުކަޒުން މީގެ ކުރިން ވަނީ އަންގާފައެވެ.

އެގޮތުން ބަލި ފެތުރެން ފެށިތާ ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 54 އަރާފައެވެ. ސިފާޒް ވިދާޅުވީ ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ރަށުގެ އާންމު ހާލަތު ރަނގަޅުކަމަށެވެ. ބަލިޖެހިފައިވާ މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293