twitterviber whatsapp telegramfacebookyoutube instagram
6th September 2026

ހުރިހާ ރައްޔިތުން ބޫސްޓާ ޑޯޒް ޖެހުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ޚަދީޖާ އާދަމް
Jan 16, 2022

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދެމުން ގެންދާ ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒްގެ ގޮތުގައި ދޭ ބޫސްޓާރ ޑޯޒް ޖަހަން ފަށާފައިވަނި އިއްޔެ އެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިންގެ ޑޯޒެއް ދިނުމަށް ހަމަޖެހިފައިވަނީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާތާ ހަ މަސް ދުވަސް ވުމުންނެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން އިން ދިފާއުވުމަށް ޓަކައި ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ވެކްސިންގެ ބާރު ގަދަ ކުރުން ކަމަށެވެ.

ރައީސް ވަނީ ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. އެޗްޕީއޭއިން ބުނީ މި ހާލަތުގައި އެންމެ މުހިއްމު ކަމަކީ ކޮންމެ ރައްޔިތަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355