twitterviber whatsapp telegramfacebookyoutube instagram
20th May 2026

އިތުރު 33 މީހުން ޕޮޒިޓިވްވެ، ކުޅުދުއްފުށީގެ އަދަދު 115 އަށް

ޚަދީޖާ އާދަމް
Jan 16, 2022
1

ކުޅުދުއްފުށިން އިތުރު 33 މީހުން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު 115 އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ އަދަދުތައް މަތިވަމުން އަންނަ އިރު މިދިޔަ ހުކުރު ދުވަހުވެސް 12 މީހަކަށް ވަނީ ބަލިޖެހިފައެވެ. މިހާތަނަށް ރޭންޑަމް 26 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައިވާއިރު އަލާމާތައް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި 23 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކޭސްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 66 މީހަކުވެސް ޕޮޒިޓިވްވެފައިވާއިރު އިއްޔެ 14 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޭސްތަކާއި ގުޅިގެން މިހާތަނަށް 21 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު 36 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355