twitterviber whatsapp telegramfacebookyoutube instagram
12th November 2025

އިތުރު 27 މީހުން ޕޮޒިޓިވްވެ، ކުޅުދުއްފުށީގެ އަދަދު 135 އަށް

ނަބީލާ އިސްމާޢީލް
Jan 17, 2022
1

ކުޅުދުއްފުށިން އިތުރު 27 މީހުން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު 135 އަށް އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ކުޅުދުއްފުށީގެ އަދަދުތައް މަތިވަމުން އަންނަ އިރު މިދިޔަ ހޮނިހިރު ދުވަހުވެސް 33 މީހަކަށް ވަނީ ބަލިޖެހިފައެވެ.

ކުޅުދުއްފުށިން އަލަށް 27 މީހުން ޕޮޒިޓިވްވެފައިވާއިރު، އިއްޔެ 7 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ސިޓީއިން އަލަށް ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 2 މީހަކާއި، ކޮންޓެކްޓް ޓްރޭސިންގ ގޮތުގައި ފާހަގަކުރެވުނު 24 މީހެއްގެ އިތުރުން ރާއްޖެއިން ބޭރަށް ދާންވެގެން ސާމްޕަލް ނެގި މީހެކެވެ. އެހެންކަމުން މިވަގުތު ތިބި އެކްޓިވް ކޭސްތަކުގެ އަދަދަކީ 135 އެވެ.

މި ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 36 މީހަކު ކަރަންޓީންގައި ތިބިއިރު، 21 ގެއެއް މޮނިޓަރިންއަށް ލާފައިވާ ކަމަށް ކޭއާރުއެޗުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355