twitterviber whatsapp telegramfacebookyoutube instagram
2nd November 2025

ހެލްތް ސެކްޓާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީނުކުރަނީ

ނަބީލާ އިސްމާޢީލް
Jan 17, 2022

ރާއްޖޭގެ ހެލްތް ސެކްޓަރ ގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓަލް ހެލްތް ސެންޓަރ ތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުންނަށް

އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮގްރާމް ހިންގުމަށްޓަކައި ސޮއި ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލީޓެކްނިކްއާއި ދެމެދުކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީ އޮފް ހެލްތްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އިބްރާހީމް ހަސަންއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހޮސްޕިޓަލް / ހެލްތް ސެންޓަރތަކުގައި މަސައްކަތްކުރައްވާ 18 ޓެކްނީޝަނުންނަށް ތިން މަސް ދުވަހުގެ އޮޓޮމޮޓޯވް މެއިންޓަނަންސް ޓްރެއިނިންގ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިންގެ ސަބަބުން ހޮސްޕިޓަލް ހެލްތް ސެންޓަރުތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ފަންނީ ގާބިލްކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މިފަދަ ތަކެތީގެ މަރާމާތަށްދާ ހަރަދު ކުޑަވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355