twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ބޮޑުތިލަދުންމަތީގެ 4 ރަށެއް ހިމެނޭހެން 18 ރަށެއްގައި ރިސޯޓް ތަރައްގީކުރަން ހުޅުވާލައިފި

ޚަދީޖާ އާދަމް
Jan 17, 2022
3

ދުބާއީ އެކްސްޕޯގައި ރިސޯޓު ހަދަން އިއުލާނުކުރި 18 ރަށް ބީލަމަށް ހުޅުވާލައިފި އެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު ދުބާއީގައި އޮތް ރާއްޖޭގެ އިންވެސްޓްމަންޓް ކޮންފަރެންސުގައި މި 18 ރަށް ދުރާލާ އިއުލާނު ކުރީ މި ރަށްތަކަށް ޝައުގުވެރިކަން އިތުރު ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ބީލަމަށް ހުޅުވާލާފައިވަނީ ވަރަށް ކުޑަ އަގުތަކެއްގައި ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ މި ރަށްތަކުގެ ބިޑް ފޮތްތައް ވިއްކަން ފަށާފަ އެވެ.

ރިސޯޓް ތަރައްގީކުރަން ހުޅުވާލި 18 ރަށާއި އަގުތައް

- ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
- ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
- ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
- ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
- މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
- ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
- ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
- ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
- ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
- ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
- ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
- ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
- ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ - 9.26 ހެކްޓަރު (700،000 ޑޮލަރު)

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުން މި ރަށްތައް ތިން އަހަރު ތެރޭގައި ހަދައި ހުޅުވަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355