twitterviber whatsapp telegramfacebookyoutube instagram
31st May 2026

ނޮޅިވަރަމުން އިތުރު 4 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 23 އަށް އަރައިފި

ނަބީލާ އިސްމާޢީލް
Jan 17, 2022

ހދ. ނޮޅިވަރަމުން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މަދު ދުވަސްކޮޅެއް ތެރޭގައި އެރަށުގެ ޖުމްލަ އަދަދު 23 އަށް އަރައިފި އެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ ޝާފިއު މުހައްމަދު ކޭއޯއަށް ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހުންވެސް ރަށުތެރެއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ކަމުން ރަށުތެރޭގައި ބަލި އުޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ޝާފިއު ވިދާޅުވީ އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ މީހުންނާއި އެކު ޖުމްލަ 7 ފުލޫ ސާމްޕަލް މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ރޯގާގެ އަލާމާތްތައް ހުރެގެން ސިއްހީ މަރުކަޒަށް ދެއްކި މީހުންނެވެ.

އެރަށުން މިހާތަނަށް 23 މީހަކަށް ބަލިޖެހުނު ނަމަވެސް 4 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި މަހު 6 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވްވެފައިވަނީ މާލެއިން ރަށައް މިމަހު 1 ވަނަ ދުވަހު ދަތުރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ އަންހެނެއް ކެވެ. އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގައި ތިބި ތިން މީހުން ފުރަތަމަ ނެގި ސާމްޕަލް ނެގެޓިވްވެފައި މި މަހު 9 ވަނަ ދުވަހު ނެގި ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

ސާފިއު ވިދާޅުވީ ކުޑަ ދުވަސްކޮޅެއް ތެރޭގައި މިހާ ގިނަ މީހުން ޕޮޒިޓިވްވެފައިވާތީ ބަލިން ރައްކާތެރިވުމުގެ ގޮތުން ސިއްހީ މާހިރުން ދެއްވާ އިރުޝާދުތައް ރައްޔިތުން ގަބޫލުކޮށް އެ ގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355