twitterviber whatsapp telegramfacebookyoutube instagram
5th October 2026

ހދ އަތަޮޅުގެ 10 ރަށެއްގައި ކޮވިޑް ކޭސްތައް، 3 ރަށެއް މޮނީޓަރިންގައި

ޚަދީޖާ އާދަމް
Jan 18, 2022

ހދ އަތޮޅުގެ 10 ރަށަކުން ކޮވިޑް ކޭސްތައް ފެނިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. 10 ރަށުގެ ތެރެއިން 3 ރަށެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެގޮތުން ހަނިމާދޫ، ނޮޅިވަރަންފަރު އަދި ނެއްލައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހދ އަތޮޅުން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ކުޅުދުއްފުށީ ސިޓީންނާއި ނޮޅިވަރަންފަރުންކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއެވެ.

ހދ އަތޮޅުން ކޭސްތައް ފެނިފައިވާ ރަށްތައް

- ކުޅުދުއްފުށި ސީޓީ: 148 ކޭސް
- ނޮޅިވަރަންފަރު: 82 ކޭސް
- ހަނިމާދޫ: 40 ކޭސް
- ނެއްލައިދޫ: 16 ކޭސް
- ނޮޅިވަރަމް: 14 ކޭސް
- ވައިކަރަދޫ: 13 ކޭސް
- މަކުނުދޫ: 11 ކޭސް
- ކުމުންދޫ: 07 ކޭސް
- ކުރިނބީ: 05 ކޭސް
- ނައިވާދޫ: 02 ކޭސް

ކޮވިޑް ކޭސްތައް ފެނުނު ރަށްތަކުގެ ތެރެއިން ނޮޅިވަރަންފަރުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް އެ ރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެރަށުގައި ވަނީ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ.

ހދ އަތޮޅުން އެންމެ ފަހުން މޮނީޓަރިންނަށް ލީ ހަނިމާދޫގައި މޮނީޓަރިންގެ ހާލަތު އިއުލާން ކުރީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ. މިދިޔަ ޑިސެންބަރު މަހުވެސް ކޭސްތައް ގިނަވެ އެމަހު 12 ވަނަ ދުވަހު އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު މޮނީޓަރިން އުވާލީ 29 ޑިސެންބަރުގައެވެ.

ސްކޫލް ބަންދަށް ފަހު އަނެއްކާވެސް މާލެ ސަރަހައްދާ އަތޮޅުތެރޭގައި އަންނަނީ ކޮވިޑް ކޭސްތައް އިތުރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293