twitterviber whatsapp telegramfacebookyoutube instagram
21st March 2023

ފާނަބަސަންދު ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Jan 18, 2022

ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވާން ފަށާފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ފާނަބަސަނދު އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުން ވަނީ މުވައްޒަފުންނަށް އަންގަން ފަށައިފައެވެ.

ފާނަބަސަނދަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ހުން އައުމާ އެކު ގައިން ފޮޅުނަގާ، އަދި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

"ސަން"އަށް މައުލޫމަތު ދެމުން އެޗްޕީއޭގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އާންމު ދުވަސްވަރަކާ އަޅާބަލާއިރު މިހާރު ފާނަބަސަނދު ޖެހިގެން ފަރުވާ ހޯދާ މީހުން އިތުރުވަމުން އަންނަ ކަމަށެވެ.

މިބަލި އެންމެ ބޮޑަށް ގައިން ގަޔަށް އަރަނީ، ބައްޔާއި ގުޅިގެން ނަގާ ފޮޅުތައް ނަގަން ފެށުމުގެ 3-2 ދުވަސް ކުރިން ފެށިގެން ގޮސް، ފޮޅުތައް ފެޅި އެފޮޅުތައް އެއްކޮށް ރަނގަޅު ވުމާއި ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355