twitterviber whatsapp telegramfacebookyoutube instagram
27th April 2024

މިއަދު އޮތް މަހުލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

Jan 19, 2022

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން އޮތް ޝަރީއަތް ކެންސަލްކޮށްފި އެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި އެވެ.

ޕީޖީ އޮފީހުން މަހުލޫފަށް ދައުވާއުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މަހުލޫފްގެ ޝަރީއަތް ކުރިއަށް ގެންދަން އޮތީ މިއަދު ހެނދުނު 11 ޖަހާއިރު އެެވެ. ނަމަވެސް އިދާރީ ބައެއް ސަބަބުތަކާހުރެ ޝަރީއަތް ކެންސަލްކުރަން ޖެހުނީ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355