twitterviber whatsapp telegramfacebookyoutube instagram
20th June 2026

ކުޅުދުއްފުށިން މިއަދު 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Jan 20, 2022
2

ކުޅުދުއްފުށި ސިޓީން މިއަދު އަލަށް 28 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެކްޓިވް ކޭހުގެ އަދަދު 185 އަކަށް އަރައިފި އެވެ.

ކުޅުދުއްފުށިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަވި 22 މީހަކާއި ފުލޫ 2 ސާމްޕަލްގެ އިތުރުން 4 ރެންޑަމް ސާމްޕަލެކެވެ.

ކޭއާރުއެޗުގެ އޮފިޝަލު ވިދާޅުވިގޮތުގައި މިއަދު 12 މީހަކު ވަނީ ބަލިން ރަނގަޅުވެފަ ކަމަށެވެ.

މިއަދު އަލަށް 28 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް ޖުމްލަ ފުލޫ 41 ސާމްޕަލެއް ޕޮޒިޓިވްވެ، ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 119 މީހުންގެ އިތުރުން 24 ރެންޑަމް ސާމްޕަލް އަދި 1 ޑިޕާޗާރ ސާމްޕަލު ޕޮޒިޓިވްވެފައިވެ އެވެ.

ކުޅުދުއްފުށީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ.ގެ 9 ރަށެއްގައި އަންނަނީ ހަލުވިކަމާއި އެކު ކޮވިޑްގެ ކޭސްތައް ގިނަވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355