twitterviber whatsapp telegramfacebookyoutube instagram
5th April 2026

ރާއްޖެއަށް ކުރި ދަތުރުގެ ފޮޓޯ ހިއްސާކޮށްގެން ގެސްޓްހައުސްއެއްގައި ތިބުމުގެ ފުރުސަތު ހިލޭ

ޚަދީޖާ އާދަމް
Jan 25, 2022

އުރީދޫ މޯލްޑިވްސްއިން ހިންގާ ކެމްޕޭން "ވިޒިޓް މޯލްޑިވްސް ނައު" ގެ ތެރެއިން ފަތުރުވެރިން ރާއްޖެއަށް ކުރި ދަތުރުގެ ފޮޓޯ ހިއްސާކޮށްގެން ދެ ރޭ ގެސްޓަހައުސްއެއްގައި ތިބުމުގެ ފުރުސަތު ލިބޭ ހާއްސަ ކޮންޓެސްޓެއް ފަށައިފި އެވެ.

"ވިޒިޓް މޯލްޑިވްސް ނައު" އަކީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި ފަތުރުވެރިންނަށް އަމާޒުކޮށް އުރީދޫ މޯލްޑިވްސްއިން، އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯކާ މީޑިއާ ގްރޫޕާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ކޮންޓެސްޓްގެ ތެރެއިން ފަތުރުވެރިން ރާއްޖެއަށް ކުރި ދަތުރުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ބ މާޅޮހުގައި ހުންނަ ތުނޑި ވިލޭޖްގައި 2 ރޭ ތިބުމުގެ ފުރުސަތު ދެ މީހަކަށް ލިބިގެންދާނެ އެވެ.

އެގޮތުން ފޮޓޯ ނުވަތަ ވީޑިއޯ ސޯޝަލް މިޑިޔާގައި ހިއްސާކުރާއިރު VisitMaldivesNow# މި ހޭސްޓެގް ބޭނުން ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

"ވިޒިޓް މޯލްޑިވްސް ނައު" ގެ އަމާޒަކީ ރާއްޖެ އިތުރަށް އިޝްތިހާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ، އެމީހުން މެދުވެރިކޮށް އެހެން ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355