twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ކޮވިޑް ފިޔަވަޅުތަކަށް ލުއިދީފި

ނަބީލާ އިސްމާޢީލް
Jan 25, 2022
7

ކޮވިޑާ ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިދީފި އެވެ. މި ގޮތަށް އަމަލު ކުރަން ނިންމީ މިއަދު ބޭއްވި ކޮވިޑް ޓާސްކް ފޯސް ބައްދަލުވުމެއްގަ އެވެ.

ޓާސްކް ފޯސްގެ މި ބައްދަލުވުމުގައި ނިންމާފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި، ކޮންޓެކްޓުން ކުރިން ކަރަންޓީންކޮށްގެން މޮނިޓަރ ކުރިކުރުން ހުއްޓާލުމަށެވެ. ގެނެވުނު ބަދަލާ ގުޅިގެން މުޅި ގެ އެއްކޮށް ކަރަންޓީނު ކުރުމުގެ ބަދަލުގައި ޕޮޒިޓިވްވާ މީހުން މީގެ ފަހުން ކަރަންޓީނުވާނީ ކޮޓަރީގަ އެވެ.

މިއީ މާލެ ސަރަހައްދުގައިވެސް ޕޮޒިޓިވްވާ މީހުންނާމެދު އަމަލުކުރަމުން އަންނަ އުސޫލެވެ.

ކުޅުދުއްފުށީގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާއިރު މިއީ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މި ނިންމުމާއެކު މިއަދުން ފެށިގެން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އަންގާނެއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ.

އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.

ކަރަންޓީނަށް ލާ ގެތަކުގެ ދޮރާށީގައި ކައުންސިލް އިދާރާއިން ހަރުކުރާ ކަރަންޓީން ކުރިކަމުގެ ނޯޓިސް މީގެ ފަހުން ހަރެއް ނުކުރާނެއެވެ.

ބަލިން ރައްކާތެރިވުމާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނާ އަމަލުކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން އަމަލުކުރުން މުހިންމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355