twitterviber whatsapp telegramfacebookyoutube instagram
5th May 2026

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރެއް އަޅަނީ

ޚަދީޖާ އާދަމް
Jan 29, 2022

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރަކާއި ކެފޭއަކާއި ސުވެނިއާ ފިހާރައެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ މަރުކަޒުން އިއުލާނުކޮށްފިއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓު ޑިރެކްޓަރު އަލީ ސިފާމް ވިދާޅުވީ ވިދާޅުވީ ދާރުލްއާސާރު ހެދުމަށް ހަމަޖެހިފައިވާ އިމާރާތަކީ ކުރިން ސްކޫލެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއް ކަމަށެވެ.

އެގޮތުން ދާރުލްއާސާރު ހެދުމަށް ހަމަޖެހިފައިވަނީ އެތަނުގައި ހުރި 3 ކްލާސް ރޫމް އެއްކޮށްލައިގެންނެވެ. އަދި މި ފިޔަވަހީގައި ކުރަން ހަމަޖެހިފައިފައިވާ މަސައްކަތަކީ އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ކަމަށާއި، އެތެރޭގެ ފަރުމާ ކުރުމާ އެހެނިހެން މަސައްކަތްތައް ކުރާނީ ދެވަނަ ފިޔަވަހީގައި ކަމަށް ވެސް ސިފާމް ވިދާޅުވިއެވެ.

މިއީ އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކުރި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރުން ފެށިގެން އެކަމަށް އިއުލާނު ކުރަމުން އައި ނަމަވެސް އެކި ސަބަބުތަކާ ހުރެ ވަނީ މަސައްކަތް ބަޔަކާ ހަވާލުކުރެވޭ ގޮތް ނުވެފައެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ކޮންމެ އަހަރަކު ހަހާހެއްހާ މީހުން ޒިޔާރަތް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355