ސަރުކާރުން ދެއްވާ ހިތްވަރުދިނުމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ދެއްވައިފިއެވެ.
އެ އިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް، ޑރ. މުހައްމަދު މުއިއްޒުއެވެ.
މީގެއިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިހުސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.




