twitterviber whatsapp telegramfacebookyoutube instagram
21st August 2025

އުރީދޫން ޖެންޑާ މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފި

Jan 31, 2022

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އޮންލައިންކޮށް ކިޔެވުމަށް އެހީވުމަށްޓަކައި އުރީދޫ މޯލްޑިވްސް އިން 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

މި ޓެބްލެޓްތައް ބޭނުންކުރާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކިޔަވާކުދިންގެ ބޭނުމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު 194 ކުޑަކުދިން ބަލަހައްޓަމުންދެއެވެ.

މިކަމަށްޓަކައި މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާ ހަވާލުވެލެއްވީ މިނިސްޓަރު އައިޝަތު މުހައްމަދުދީދީއެވެ. އުރީދޫގެ ފަރާތުން ޓެބްލެޓްތައް ހަވާލުކޮށްދެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރުވަނީ އުރީދޫގެ ފަރާތުން ވެދިން އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355