twitterviber whatsapp telegramfacebookyoutube instagram
18th August 2025

ކުޅުދުއްފުށީގެ އަދަދު މައްޗަށް، މިއަދު ޕޮޒިޓިވްވީ 99 މީހުން

ޚަދީޖާ އާދަމް
Jan 31, 2022
5

ކުޅުދުއްފުށިން އިތުރު 99 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 385 އަރައިފި އެވެ.

މިއީ މިހާގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ދެވަނަ ދުވަހެވެ. ދެން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ޖެނުއަރީމަހު 28 ވަނަ ދުވަހުއެވެ. އެ ދުވަހު 109 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން ކުޅުދުއްފުށިން ކޮވިޑް ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ފަހަރުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތު ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 185 ފަރާތަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 180 ފަރާތެއްގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 19 މީހަކާއި ޑިޕާޗާ ސާމްޕަލެކެވެ. މިއަދު ބަލިން 58 މީހަކު ވަނީ ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355