twitterviber whatsapp telegramfacebookyoutube instagram
1st August 2026

ނޮޅިވަރަމްގެ ހާލަތު އަނެއްކާވެސް ގޯސްވަނީ، އެކްޓިވް ކޭހުގެ އަދަދު 80 އިން މަތި

ނަބީލާ އިސްމާޢީލް
Feb 1, 2022

ހދ. ނޮޅިވަރަމްގައި އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 82 މީހުން އެބަތިއްބެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ހެލްތް ސެންޓަރުގެ ޒިންމާދާރުވެރިޔާ ޝާފިއު މުހައްމަދު ވިދާޅުވީ މިދިޔަ މަހު 29 ވަނަ ދުވަހު ނެގި 50 ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު އޭގެ ތެރެއިން 29 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު 16 މީހުންވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިފަހަރު ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް 145 މީހުންނަށް ބަލިޖެހިފަވީ ނަމަވެސް އޭގެ ތެރެއިން 63 މީހުން މިހާތަނަށް ރަނގަޅުވެފައިވާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން މިވަގުތުވެސް އެ ރަށުގައި 68 ގެއެއްގައި 79 މީހުން ވަނީ ކަރަންޓީނު ކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355