twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ޖުލައިމަހު ތެރޭ ނިމޭނެ

ޚަދީޖާ އާދަމް
Feb 4, 2022

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގައުމީ ދަފްތަރު މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި އެކުލަވާލެވޭނެ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގައުމީ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާއި ރިހިބިލިޓޭޝަން އަދި ތެރަޕީއާއި، އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަސީލަތަކަށް ވާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގައުމީ ދަފްތަރާ ގުޅޭގޮތުން މިނިސްޓަރު އައިޝަތު ވިދާޅުވީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ހިނގަމުންދާއިރު ކަމާ ގުޅޭ ކްލެސިފިކޭޝަން ގަވައިދު މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން މިހާރު ދެނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އެ އަދަދު 5،000 ރުފިޔާ ބޮޑުކޮށްދިނުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ދަނީ ތަކުރާރުކޮށް ސަރުކާރުގައި އެދެމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ އެލަވަންސް ބޮޑުކުރުން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމުގައި ހަރަކާތްތެރިވާ މީހުންނަށް އެލަވަންސެއް ދިނުމަށްވެސް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މެދުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355