twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންޑިއާގެ ވިޔަފާރިވެރިންނަށް ވިސާއާނުލާ ރާއްޖެއާދެވޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Feb 7, 2022
1

ވިޔަފާރީގެ އެކި ކަންކަމުގައި ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ. އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ރޭ ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެ މިނިސްޓްރީން ބުނީ އެ ނިންމުމަކީ މީގެ ކުރިން ވިސާއާއި ގުޅިގެން ދެ ގައުމުން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައިވާކަމެއްކަމަށެވެ. ނަމަވެސް މި އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރާނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ ވިޔަފާރިވެރިން 90 ދުވަހުގެ މުއްދަތަށް ވިސާއާއިނުލާ ރާއްޖެއާދެވުނު ނަމަވެސް އެ މީހުންނަށް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅެނެއެވެ. މީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް 180 ދުވަހުގެ ބިޒްނަސް ވިސާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އިންޑިއާއިން ރާއްޖެއަށް ވެސް ދަނީ އެކި ކަންމުގައި ފަސޭހަކޮށްދިނުމަށް އެހީތެރިވަމުންނެވެ. އެގޮތުން ރާއްޖޭގައި ތަރައްގިގެ އެތައް މަޝްރޫއެއް އިންޑިއާގެ އެހީތެރިކަމުގައި ކުރިއަށް ދެއެެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސީލިޓީގެ ދަށުން 30އަށް ވުރެ ގިނަ ރަށުގައި ތަފާތު މަޝްރޫއު މިހާރުވެސް ވަނީ ފަށާފައެވެ.

ރާއްޖެއަށް އުމްރާނީ ތަރައްގީއާއި އެހެނިހެން ކަންކަމުގައި އެންމެ ގާތް އެހީތެރިޔަކީ އިންޑުއާކަމަށް ސަރުކާރުގެ އިސްވެރިން ގަބޫލުކުރެއެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް ބޮޑު ކެމްޕޭނެއް ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355