twitterviber whatsapp telegramfacebookyoutube instagram
13th February 2026

ސްޓޫޑެންޓް ލޯނަށް 720 ފުރުސަތު ހުޅުވާލައިފި

Feb 7, 2022

މަތީ ތައުލީމު ހާސިލުކުރުމަށް އިތުރު 720 ލޯނުގެ ފުރުސަތަށް މިއަދު ހުޅުވައިލައިފިއެވެ.

މި ފުރުސަތު ހުޅުވާލީ ސްޓޫޑެންޓު ލޯނުގެ އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު ކުޑަކޮށްފައެވެ. އެގޮތުން މިއަދު އިއުލާނުކޮށްފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.

މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު އިއުލާނު ކުރެވުނު ފުރުސަތުތަކުގައި އެންމެ ބޮޑު ބަދަލަކަށް ގެނެސްފައިވާނީ ކުރިން އެޑްމިޝަން ފީގެ ގޮތުގައި ނަގަމުން އައި ތިން އިންސައްތައިގެ އިންޓްރެސްޓު، އެއް އިންސައްތައަށް ކުޑަކުރުން ކަމަށެވެ.

މިނިސްޓަރި ވިދާޅުވީ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުން އަންނަ ދަރިވަރުންނަށްވެސް ލޯނަށް ކުރިމަތި ލެވޭނެކަމަށާއި މިއީ އެ ކުދިންގެ ކޯސް ފީގެ އިތުރުން ކުރަން ޖެހޭ އިތުރު ހަރަދުތައް ކުރުމަށް ޓަކައި ގެނެވޭ ބަދަލެއްކަމަށެވެ.

މީގެ ތެރެއިން ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ސްލޮޓު ވަނީ ރިޒާވްކޮށްފައެވެ. މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމުގައި ރާއްޖެއިން މާސްޓާސް ތައުލީމު ހާސިލް ކުރުމަށް ވެސް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 01:00 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355