twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 629 އަރައިފި

Feb 10, 2022

މިދިޔަ ބުދަ ދުވަހު އިތުރު 84 މީހުން ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 629 އަރައިފި އެވެ.

އިއްޔެ ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 53 މީހަކާއި، ފުލޫ އޯޕީޑީއަށް ދެއްކި 30 މީހެއްގެ އިތުރުން ރޭންޑަމް ސާމްޕަލެކެވެ. އިއްޔެ ވަނީ 63 މީހުން ބަލިން ރަނގަޅުވެފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ފުލޫ އޯޕީޑީއަށް ދެއްކި 363 މީހުންނާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 243 މީހުންނާއި، ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 21 މީހެއްގެ އިތުރުން ޑިޕާޗާ 2 ސާމްޕަލެވެ.

މިދިޔަ ޑިސެންބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށިން ކޭސްތައް ފެންނަމުންދާއިރު މިއީ އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ފަހަރެވެ. އެގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ 917 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޭސްތައް ފެނި ރަށް މޮނީޓަރިންގައި އޮތްނަމަވެސް މިފަހަރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް ޓާސްކްފޯހުން ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355