twitterviber whatsapp telegramfacebookyoutube instagram
17th July 2025

ވަރިއަށް ފަހު ހުރިހާ އިސްކަމެއް ދޭނީ އަމިއްލަ ނަފްސަށް

Feb 10, 2022

ފާއިތުވި ދުވަސްތަކުގައި އަބަދުވެސް ބެލީ އެހެން މީހުން އުފަލުގައި ބޭއްތިއްބުމަށް ކަމަށާއި އެހެންކަމުން ވަރިއަށްފަހު އެންމެ ބޮޑަށް އިސްކަން ދޭނީ އަމިއްލަ ނަފްސަށް ކަމަށް ކިމް ކާޑޭޝަން ބުނެފި އެވެ.

ކިމްއާއި ފިރިމީހާ ކާންޔޭ ވެސްޓާއި ދެމެދު މައްސަލަތައް ޖެހި މިހާރު ވަރިވުމަށް ފޯމްލާފައިވާއިރު ވަރީގެ މައްސަލާގައި އަދިވެސް ގޮތެއް ނިމިފައެއް ނުވެއެވެ. މިދެމީހުން ކައިވެނި ކޮށްފައިވަނީ 2014 ގައެވެ.

އެންމެފަހުން ވޯގްއަށް ދިން އިންޓަވިއުއެއްގައި ކިމް ބުނީ އުމުރުން 40 ވެފައިވާއިރު މީގެ ކުރިން ބެލީ އެހެން މީހުންގެ އުފާވެރިކަމަށް އިސްކަން ދިނުމަށްކަމަށެވެ. ނަމަވެސް ދެން އެކަން ހުއްޓާލައި އަމިއްލަ މީހާގެ އުފާވެރިކަމަށް އިސްކަންދޭނެ ކަމަށެވެ.

ވަރިއަށްފަހު ވަރަށް ގިނަކަންކަން ބަދަލުވާނެކަން ވިސްނޭކަމަށްވެސް ކިމް ބުންޏެވެ. ނަމަވެސް ހުރިހާ ބަދަލަކާވެސް ކުރިމަތި ލާން ތައްޔާރަށް ހުރިކަމަށެވެ. އަދި ކުރިއަށް އޮތްތަކުގައި މިހާރަށް ވުރެ ގިނަ ވަގުތު ދަރިންނާއެކު ހޭދަކޮށް އާއިލާއަށް ވަގުތު ދޭނެކަމަށްވެސް ކިމް ބުންޏެވެ.

ވަރިވުމަށް ފޯމްލުމާ ހިސާބުން ކާންޔޭ އެހެން ތަރިންނާއެކު ޑޭޓްކުރާ އަޑުތައްވެސް ވަނީ ގަދަވެފައެވެ. އެގޮތުން އޭނާ މިހާރު ޖޫލިޔާ ފޮކްސްއާ އެކު އުޅޭކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355